ވިޔަފާރި

ޕީއެސްއައިޕީ އަށް 77 މިލިއަން ރުފިޔާ ހޭދަކޮށްފި

Jan 24, 2020

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) އަށް މި އަހަރުގެ ފުރަތަމަ ދެ ހަފުތާ ހޭދަކޮށްފައިވަނީ 77 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރޭ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރު 10.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. މި އަހަރުގެ ވޭތުވެދިޔަ ދެ ހަފުތާގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 77 މިލިއަން ރުފިޔާ އެވެ.

ތަރައްގީގެ މަޝްރޫއު ތަކަށް މި އަހަރު ބަޖެޓުން 77 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކުރިއިރު، ސަރުކާރުން ދަނީ ތަރައްގީގެ މަޝްރޫއު ތަކަށް ބޮޑު ހޭދައެއް ކުރަމުންނެވެ. މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގަން ގިނަ އަދަދެއްގެ ކުންފުނި ތަކަށް ހަވާލުކޮށްފައިވެ އެވެ. އަދި ބައެއް މަޝްރޫއުތައް ވަނީ ފަށާފަ އެވެ.