ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފިޔަވަޅުތައް ނާޅާނަމަ ވިޔަފާރި ހުއްދަ ބާތިލު ކުރަނީ

May 11, 2020

ކޮވިޑް-19 އާ ގުޅިގެން، ފިހާރަ ހުޅުވަން ދީފައިވާ ހުއްދައާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާ ވިޔަފާރި ތަކަށް ދީފައިވާ ހުއްދަ ބާތިލު ކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު" ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައިވާ މުއްދަތުގައި ފުލުހުންގެ ހުއްދައެއްގެ ދަށުން ޒަރޫރީ ބޭނުން ތަކަށް މުދާ ވިއްކާ ފިހާރަތައް އަންގާފައިވާ ކަންތައްތައް ފުރިހަމަ ކޮށްފައި ނުވާނަމަ، އެ ތަނަކަށް ފުލުހުން ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލު ކުރަން ނިންމާފައިވާ ކަމަށެވެ.

އަޅާފައި ހުންނަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް

  • ކުޑަ ބޮޑު މިނަށް ބަލައި، އެންމެ ގިނަވެގެން ވަދެވޭނެ ކަސްޓަމަރުންގެ އަދަދު ބޭރަށް ފެންނާނެހެން ބެހެއްޓުން
  • ފިހާރައިގައި މަސައްކަތްކުރާ މުވައްޒަފުން ހިދުމަތްދޭ ގަޑީގައި، މާސްކު އަޅައި، އަންގިލައްވައިގެން ހުރުން
  • ފިހާރައިގެ ތެރޭގައި، މަސައްކަތްކުރުމުގެ ހުއްދަ ފުލުހުން ދީފައިވާ މީހުން ފިޔަވައި، އިތުރު މީހުން ނުބޭތިއްބުން
  • ފުލުހުންގެ ހުއްދަ ދީފައިވާ ފިހާރައެއްނަމަ، އެ ފިހާރައަކުން ހިދުމަތް ދިނުމަށް ހުޅުވިފައި ހުންނަ ގަޑިތަކުގައި ހުޅުވުން

ފުލުހުން ދާދި ފަހުން ވަނީ ވިޔަފާރި ކުރަން ހުއްދަނަގައި، އެ ހުއްދައާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ. މިގޮތުން ޑެލިވަރީ އާއި ފިހާރާގައި މަސައްކަތް ކުރަން ހުއްދަދޭ މީހުންނަށް ވުރެ ގިނަ އިން އެ ތަންތަނުގައި މީހުން ތިބުން ފަދަ ކަންކަން ފާހަގަ ކޮށްފައިވެ އެވެ.