ހަބަރު

ބާ ކައުންސިލްގެ ސަބް ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި

Jan 30, 2020
1

ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބާ ކައުންސިލުން އެކުލަވާލާފައިވަނީ ފަސް ކޮމިޓީއެކެވެ. އެއިން ކޮންމެ ކޮމިޓީއެއްގައި ތިން މެންބަރުން ތިބެން ޖެހެ އެވެ.

ފަސް ކޮމިޓީއަކީ ލައިސަންސިން ކޮމިޓީ، އެތިކްސް ކޮމިޓީ، އިސްތިއުނާފު ކޮމިޓީ، ގާނޫނީ ތައުލީމް ކޮމިޓީ، އަދި ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީ އެވެ.

މި ކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލެވޭނީ ޝަރުއީ ދާއިރާގެ ފަސް އަހަރުގެ ތަޖުރިބާ ހުރި ގާނޫނީ ވަކީލުންނަށެވެ.