ވިޔަފާރި

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ޓެކްސް ދެއްކުމާބެހޭ ގަވާއިދެއް އެކުލަވާލައިފި

Sep 2, 2015

އިލެކްޓްރޯނިކް ވަސީލަތައް މެދުވެރިކޮށް ޓެކްސް ދެއްކުމާބެހޭ ގަވާއިދެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުލަވާލައިފި އެވެ.

މި ގަވާއިދުގައިވާ ގޮތުން "މީރާ ކަނެކްޓް" ގެ ހިދުމަތް ހޯދުމަށް ހުށަހަޅަން ޖެހެނީ "މީރާ111" ފޯމެވެ.

މީރާ އިން ބުނީ މީރާ ކަނެކްޓް ޕްރައިމަރީ އެކައުންޓަކަށް އެދި ހުށަހަޅާނަމަ، އެ ޓެކްސް ދައްކާ ފަރާތުގެ މީރާކަނެކްޓް ޕްރައިމަރީ އެކައުންޓް ބަލަހައްޓާ ފަރާތުގެ ގޮތުގައި އެ މީހާ ޢައްޔަންކުރިކަން އަންގައިދޭ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރު ނުވަތަ ޕަވަރ އޮފް އެޓަރނީ ހުށަހަޅަން ޖެހެ އެވެ.

ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކުން

ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުން

މީރާ އިން ބުނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ފައިސާ ދެއްކޭނީ މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާންތަކަށާއި، އެމްއާރުޓީޖީއެސް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް މީރާއިން ކަނޑައަޅައިފައިވާ އެ ނޫން އާމްދަނީގެ ބާވަތްތަކަށް އެކަންޏެވެ.