ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކަސްޓަމާ ސާވިސް ޑައިރެކްޓަރަކަށް ބޭފުޅަކުލައިފި

Feb 2, 2020
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމާ ސާވިސް ޑައިރެކްޓަރުގެ މަގާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފި އެވެ.

ގުލްނާޒް، އެ ބޭންކާ ގުޅިވަޑައިގަތީ ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖްމަންޓް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ރެވެނިއު މެނޭޖްމަންޓްގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާއާއެކު އެވެ. ކުރިން ގުލްނާޒް ވަނީ އުރީދޫގެ ހެޑް އޮފް ކަސްޓަމާކެއާގެ މަގާމު ވެސް ފުރުއްވާފަ އެވެ.

"ބޭންކުގެ ސްޓެރެޓަޖީ އާ އެއްގޮތަށް ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ވަގުތެެއްގައި ގުލްނާޒް ބޭންކާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވަން... ތަޖުރިބާގެ އަލީގައި ބޭންކުން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 ޕަަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.