ޖޭއެސްސީ

ޖޭއެސްސީގެ އިދާރާ ސަކީނާ މަންޒިލަށް

Feb 2, 2020
2

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިދާރާ ހެންވޭރު ސަކީނާ މަންޒިލަށް ބަދަލު ކޮށްފި އެވެ.

ޖޭއެސްސީން ބުނީ ކުރިން ތީމުގޭގައި ހިންގަމުންދިޔަ އެ ކޮމިޝަންގެ އިދާރާ އިއްޔެއިން ފެށިގެން ހިންގަމުން ދާނީ ސަކީނާ މަންޒިލްގައި ކަމަށެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ދެން ކުރިއަށްދާނީ އެ އިމާރާތުގައި ކަމަށެވެ.

ސަކީނާ މަންޒިލަކީ ވަރަށް ގިނަ އޮފީސްތައް ހިންގަމުންދާ އިމާރާތެކެވެ. ޖޭއެސްސީ ބަދަލު ކޮށްފައި ވަނީ ކުރިން އެމްއައި ކޮލެޖް ހިންގި އެ އިމާރާތުގެ ގްރައުންޑް ފްލޯއަށެވެ.

ސަކީނާ މަންޒިލްގައި ގިނައިން ހިންގަމުންދަނީ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކާއި ގުޅުންހުރި އޮފީސްތަކެވެ.