ހަބަރު

ގެއެއްގެ ބެލްކަނި ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

Feb 2, 2020
1

ގެއެއްގެ ބެލްކަނި ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ ހ. ވައިޖެހޭ މަގުގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނި ވެއްޓި ދެ މީހަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ ބިދޭސީ ދެ މީހަކަށެވެ.

އަނިޔާވި ދެ މީހުންނަށް އޭޑީކޭގައި ދަނީ ފަރުވާ ދޭއިރު އެ ދެ މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.

މީގެ ކުރިންވެސް މާލޭގައި ބައެއް އިމާރާތްތަކުގެ ބެލްކަނި ވެއްޓި މީހުންނަށް އަނިޔާވެފައި ވެއެވެ. ބެލްކަނި ވެއްޓެމުން ދަނީ ވަރަށް ބޮޑަށް ދުވަސްވެފައިވާ އިމާރާތްތަކުންނެވެ. މިއަދު ބެލްކަނި ވެއްޓުނު އިމާރާތަކީ ވެސް ދުވަސްވެފައިވާ އިމާރާތެކެވެ.