ވިޔަފާރި

އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅައިފި

Feb 5, 2020

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 3.30ރ. ހިއްސާދާރުންނަށް ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އުރީދޫގެ ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 3.30ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށާ، އަހަރީ އާއްމު ޖަލްސާ އޮންނާނީ އަންނަ މަހު ކަމަށެވެ.

އުރީދޫ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 3.30ރ. ބަހަން ނިންމިއިރު، މިދިޔަ އަހަރު ބަހާފައި ވަނީ 3.22ރ. އެވެ.

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެ ކްއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 550 މިލިއަން ރުފިޔާ އެވެ. ނަމަވެސް ތިން ވަނަ ކްއާޓަރުގައި ލިބިފައި ވަނީ 488 މިލިއަން ރުފިޔާ އެވެ. އަދި ހަތަރު ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 174 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.