ވިޔަފާރި

އަތޮޅު ފިހާރަތަކެއް އަނެއްކާ ވެސް ކުއްޔަށް ދެނީ

Feb 7, 2020
2

މާލޭގައި ހުރި ގިނަ އަދަދެއްގެ އަތޮޅު ފިހާރަ ތަކެއް އަނެއްކާ ވެސް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ހިންގަމުން ގެންދާތާ ޒަމާންވީ ގިނަ ފިހާރަތަކެއް އިއުލާނުކޮށްފައިވެ އެވެ. މި އިއުލާނުކޮށްފައިވަނީ ފިހާރަތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވާތީ އެވެ.

އިއުލާނުކޮށްފައިވާ ފިހާރަތައް

  • ބޯޅަދަނޑު 13 ނަމްބަރު ފިހާރަ
  • މ. އަތޮޅު ފިހާރަ އިތުމަތީ ބައި
  • ތ. އަތޮޅު ފިހާރަ ހުޅަނގުބައި
  • ވ. އަތޮޅު ފިހާރަ ހުޅަނގު ބައި
  • ލ. އަތޮޅު ފިހާރަ އިތުމަތީބައި
  • ޏ. އަތޮޅު ފިހާރަ މަތީގައި

މި ފިހާރަތައް ކުއްޔަށް ދޫކުރަން ބިޑް ފޮތްތައް ވިއްކާނީ މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމެއް ވިއްކަނީ 12ރ. އަށެވެ.

ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލް ތަކަށް ދޭނެ ކަމަށް ބުނެފަ އެވެ.