މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޖެންޑާ މިނިސްޓަރު މަގާމުގެ ހުވާ ކުރައްވައިފި

Feb 9, 2020
2

ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީއަށް މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމަނާއަށް ވަޒީރު ކަމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އައިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވީ އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގައި ހުންނެވުމަށްފަހު އެވެ. މީގެ ކުރިން އޭނާ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ޖެންޑާ މިނިސްޓަރުކަން ކުރައްވައިފަ އެވެ.