ހަބަރު

ކުމުންދޫގައި ފާނަބަސަންދު ކޮންޓްރޯލް ވެއްޖެ

Feb 11, 2020
1

ހދ. ކުމުންދޫގައި ހަލުއި ކަމާއެކު ފެތުރެމުންދިޔަ ފާނަބަސަންދު ކޮންޓްރޯލް ވަމުން އަންނަ ކަމަށް އެ ރަށުގެ ސިއްހީ މަރުކަޒުން ބުނެފި އެވެ.

ސިއްހީ މަރުކަޒާއި ހަވާލުވެ ހުންނެވި ރިލްވާން އަހްމަދު މިއަދު ވިދާޅުވީ ކުމުންދޫގައި މީގެ ދެތިން ހަފުތާ ދުވަސް ކުރިން ފެށިގެން ފާނަބަސަންދު ހަލުއިކޮށް ފެތުރުނު ނަމަވެސް މިހާރު މަޑުމަޑުން ކޮންޓްރޯލް ވަމުން އަންނަ ކަމަށެވެ.

އޭނ ވިދާޅުވީ ބަލި ފެތުރެން ފެށި ފުރަތަމަ ހަފުތާގައި ވެސް 13 މީހުން އެ މަރުކަޒަށް ދެއްކި ކަމަށެވެ.