ދުނިޔެ

ސެޕްޓެމްބަރު 1: ޖަޕާނުގައި ސްކޫލް ކުދިން އެންމެ ގިނައިން މަރުވާ ދުވަސް

Sep 2, 2015

ސެޕްޓެމްބަރ 1: ޖަޕާނުގައި ސްކޫލް ކުދިން އެންމެ ގިނައިން އަމިއްލައަށް މަރުވާ ދުވަސް

މިހެން ދިމާވަނީ ސެޕްޓެމްބަރު އެކެއް އެއީ ހޫނު މޫސުމުގެ ޗުއްޓީއަށް ފަހު ކުދިން އަނބުރާ ސުކޫލަށް ނުކުތުމުން ދިމާވާ ބުލީ ކުރުމުގެ ހާދިސާތަކާ ގުޅިގެން ކަމަށް ވެއެވެ.

"ހޫނުމޫސުމުގެ ޗުއްޓީގައި ގޭގައި އެހާ ގިނަ ދުވަހު ތިބެން ފުރުސަތު ލިބޭއިރު ގެއަކީ ބުލީ ކުރުމުގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް ސުވަރުގެއެއް ކަހަލަ ތަނެއް. ދެން އަނބުރާ ސުކޫލަށް ނުކުމެ އަނެއްކާވެސް ބުލީކުރުމާ ކުރިމަތިލާން ޖެހުމަކީ އަމިއްލައަށް މަރުވުމުގެ ވިސްނުން އިތުރުވާ ކަމެއް." ބުލީ ކުރުމަށް ކެތް ނުކުރެވިގެން އަމިއްލައަށް މަރުވާން ކުރިން މަސައްކަތް ކުރި 17 އަހަރުގެ ނަނާއޭ މުނެމަސާ ބުންޏެވެ.

ޖަޕާނަކީ ދުނިޔޭގެ ނިސްބަތުން ވެސް އަމިއްލައަށް މަރުވުމުގެ ނިސްބަތް މަތީގައި އުޅޭ ގައުމެކެވެ. 15 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުން ޖަޕާނުގައި އެންމެ ގިނައިން މަރުވަނީ އަމިއްލައަށެވެ.

ޖަޕާނުގައި 1972 އިން 2013 އަށް 18 އަހަރުން ދަށުގެ 18،000 އަށް ވުރެ ގިނަ ކުދިން އަމިއްލައަށް މަރުވެފައި ވެއެވެ.