ހަބަރު

ގާޒީން ތަމްރީނު ކުރަން އިންޑިއާ ޖުޑިޝަލް އެކެޑެމީއާއެކު ސޮއިކޮށްފި

Feb 11, 2020
2

ރާއްޖޭގެ ފަނޑިޔާރުންނަށް ފަންނީ ތަމްރީނުތައް ހޯދައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިންޑިއާގެ ނޭޝަނަލް ޖުޑިޝަލް އެކެޑަމީއާއެކު ސޮއިކޮށްފި އެވެ.

މިއަދު އިންޑިއާގެ ޖުޑިޝަލް އެކެޑެމީގައި އޮތް ރަސްމިއްޔާގައި މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އެކެޑެމީގެ ޑިރެކްޓަރު ޖަސްޓިސް ޖީ ރަގްރާމާއި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންނެވެ.

މި އެއްބަސްވުމުގެ ސަބަބުން ފަނޑިޔާރުންނަށް ތަފާތު ފަންނީ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ޖޭއެސްސީއިން ބުނެ އެވެ. އެގޮތުން އެ އެކެޑެމީއިން ރާއްޖޭގެ ފަނޑިޔާރުންނަށް 200 ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ.

ހިސާން ހުސެއިން ވަނީ މި ރަސްމިއްޔާތުގައި އެކެޑެމީއިން ދިން ފުރުސަތަކީ ވަރަށް އަގުހުރި ފުރުސަތެއް ކަމަށް ވިދާޅުވެ އިންޑިއާއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.