ވިޔަފާރި

މޯލްޑިވިއަން އިން 333 ޑޮލަރަށް ބެންކޮކް ޓިކެޓު ވިއްކަން ފަށައިފި

Sep 2, 2015
1

މޯލްޑިވިއަންއިން އީދާ ދިމާކޮށް، ތިންސަތޭކަ ޑޮލަރަށް ބެންކޮކު ދެ ދެކޮޅު ޓިކެޓު ވިއްކަން ފަށައިފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ މި މަހުގެ 18-25 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބެންކޮކު ދެކޮޅު ޓިކެޓު 333 ޑޮލަރު (5134.86ރ.) އަށް ވިއްކާނެ ކަމަށެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ މި ފްލައިޓް ބާއްވަނީ އީދާ ދިމާކޮށް ކަމަށެވެ.

"މި ފްލައިޓަކީ އީދަށް ހާއްސަކޮށްގެން ބާއްވާ ފްލައިޓެއް،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިނުން ދަނީ ތައިލެންޑުގެ ބެންކޮކް އިތުރުން އިންޑިޔާގެ ބައެއް މަންޒިލްތަކާއި ބަންގްލަދޭޝްގެ، ޑާކާއާއި ޗައިނާގެ ތިން މަންޒިލަކަށް ވެސް ދަތުރު ކުރަމުންނެވެ.

ރާއްޖޭން ބޭންކޮކަށް އާއްމުކޮށް ފްލައިޓްތަކުގެ އަގުތައް އުޅެނީ 400 ޑޮލަރުން ފެށިގެން 600 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.