ވިޔަފާރި

ގޭމްގެ އޭޖީއެމް އަންނަ މަހު ހަތެއްގައި

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތައް ތަމްސީލް ކުރާ ޖަމިއްޔާ ގޭމް އިން ބުނީ އޭޖީއެމްގައި ރައީސް އާއި ނައިބް ރައީސް ހޮވުމުގެ އިތުރުން އެކްސްކޯ އަށް މެންބަރުން ނެގުން ވެސް އޮންނާނެ ކަމަށެވެ.

އެ ޖަމިއްޔާގެ ގޯލްޑް މެންބަރަށް ވުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހު ހުޅުވާލާފައިވާއިރު އެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އަދި އެގްޒެކެޓިވް ކޮމެޓީ އަށް ކުރިމަތިލުމުގެ ފުރުސަަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ގެސްޓްހައުސް ވިޔަފާރި ތަމްސީލް ކުރާ ޖަމިއްޔާ އިން އޭޖީއެމް ބާއްވާއިރު، އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ކަރަމް މިދިޔަ އަހަރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.