އެމްޑީޕީ

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހުޅުވާލައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިިފި އެވެ.

އެމްޑީޕީން ބުނީ އެ މަގާމުގެ ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތަކީ މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއި، ގާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުން ކަމަށެވެ.

އެސްޖީގެ މަގާމުގައި ހުންނަ ބޭފުޅެއްގެ މުސާރަ ހަމަޖައްސާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ކަމަށްވެސް އިއުލާނުގައިވެއެވެ.

މި މަގާމަށް ކުރިމަތިލާން ބޭނުންވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެންމެ ފަހުން އެ މަގާމުުގައި ހުންނެވި އަނަސް އަބްދުއްސައްތާރު އެސްޖީގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ފެބްރުއަރީ 11، 2015 ގައެވެ. އެހެން ކަމުން ފެބްރުއަރީ 11، 2020 ނިޔަލަށް މަގާމުގެ ދައުރު ވަނީ ހަމަވެފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އަނަސް ވަނީ މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ބަލިކުރައްވާފައެވެ.