ވިޔަފާރި

ކައިލާން ޓްރެންޑްސް: ހާއްސަ ސޭލެއް މިއަދު

ރީތިވާ ސާމާނު ވިއްކަމުންދާ "ކައިލާން ޓްރެންޑްސް" އިން މިއަދަށް ހާއްސަ ކޮށް ސޭލެއް ފަށައިފި އެވެ.

އަވަސްއާ ވާހަކަ ދައްކަމުން ކައިލާން ޓްރެންޑްސްގެ ބްރޭންޑް އެމްބެސެޑަރު، ފިލްމީ ތަރި މަރިޔަމް އައްޒަ ބުނީ މިއަދަކީ "ކައިލާން ޓްރެންޑްސް" ގެ ކަސްޓަމަރުންނަށް ހާއްސަ ދުވަހެއް ކަމަށެވެ. އެ ފިހާރައިން ވިއްކާ ތަކެތި މިއަދު ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށެވެ.

މިއަދު ހަވީރު 4:00 ފެށިގެން ރޭގަނޑު 10:00 އަށް އެ ފިހާރައިން ގަންނަ ތަކެއްޗަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"މިއީ 'ކައިލާން' ގެ ކަސްޓަމަރުންނަށް ހުޅުވާލެވޭ ވަރަށް ހާއްސަ ފުރުސަތެއް. ތަފާތު ބްރޭންޑްތަކުގެ ރީތިވާ ސާމާނު ހެޔޮ އަގެއްގައި ހޯދުމަށް މިއީ ލިބޭނެ ރަނުގެ ފުރުސަތެއް،" އައްޒަ ބުންޏެވެ.

ކައިލާން ޓްރެންޑްސްއަކީ ދިވެހިންގެ މެދުގައި މަގުބޫލު ވަރަށް ގިނަ ބްރޭޑްތަކުގެ އޮތޮރައިޒް ޑިސްޓްރިބިއުޓާ އެވެ. އެގޮތުން އިސަބަލް ޑުޕޯންޓް، ކޮސްމެޓިކް ބްރޭންޑް، މޯފޯސް އަދި އަޓަކް ފަދަ ބްރޭޑްތައް ފާހަގަ ކޮށްލެވެއެވެ.