ހަބަރު

ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

Feb 15, 2020

ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާ ހިނގީ ގ. ޕްރިސައިޑް ގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ. ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

ސިފައިން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވީ ކޮޓަރިއެއްގައި ހުރި ކަރަންޓު ޑީ ބޯޑެއްގަ އެވެ. މި އަލިފާނުގެ އަސަރު ދޮންނަ މެޝިނަކަށްކޮށް ބައެއް އަންނައުނުތައް އަނދާފައިވެ އެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފަ އެވެ.