ދުނިޔެ

އޮބާމާގެ އީރާން ޑީލަށް ސެނެޓުގެ ތާއީދު، އިޒްރޭލާއި ރިޕަބްލިކަން ޕާޓީ ރަތަށް

Sep 3, 2015

މިއީ ގައުމުތަކެއްގެ މެދުގައި ހަދާފައިވާ އެއްބަސްވުމެއް ކަމުން، އެމެރިކާގެ ކޮންގޮރެސްގެ ތާއީދު ނުލިބުނު ނަމަވެސް މި އެއްބަސްވުން އުވިގެންނެއް ނުދާނެ އެވެ. އެކަމަކު އޭރުން، އެމެރިކާގެ ކޮންގްރެސް އޮތީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ތައްޔާރަށް ކަން ފެނިގެންދާނެއެވެ.

އެހެން ވެއްޖެނަމަ، އީރާނާއި އެއްބަސްވުމުގެ އެހެން ބައިވެރިން އެމެރިކާއަށް އިތުބާރު ނެތް ކަމަށް ބުނެ އެއްބަސްވުން އުވާލަފާނެ ކަމުގެ ބިރު އެމެރިކާއަށް އޮންނާނެއެވެ. ކޮންގްރެސްއިން މި މައްސަލައިގެ ވޯޓުލުން އޮންނާނީ މިމަހު ފަހުކޮޅުއެވެ.

މިއީ އީރާނުގެ ކޮޅަށް ބުރަވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ރިޕަބްލިކަން ޕާޓީން ވަނީ މި އެއްބަސްވުމާ ދެކޮޅާހަދާ ފައެވެ. އެމެރިކާގައި އަންނަ އަހަރު އޮންނަ އެގައުމުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ރިޕަބްލިކަންސް ގެ ފަރާތުން ކެނޑިނޭޅި މި އެއްބަސްވުމަށް ފާޑކިޔުން ލިބިފައި ވެއެވެ.

އަނެއްކޮޅުން އިޒްރޭލުގެ ބޮޑުވަޒީރު ވިދާޅުވެފައި ވަނީ މިއީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން އީރާނަށް މި ކޮށައިދެވެނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަގެއް ކަމަށެވެ.

މި އެއްބަސްވުމަކީ 2006 ވަނައަހަރު އީރާނާ އެކު ފެށި ވާހަކަތަކުން ފައިދާވި އެއްބަސްވުމެކެވެ. އެއްބަސް ވުމަކާހަމައަށް އާދެވުނީ މިދިޔަ ޖުލައި މަހުއެވެ. ނޮވެމްބަރުގައި މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެއެވެ. މީގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅުތައް އުވި، އެތައް ސަތޭކަ ބިލިއަން ޑޮލަރެއް އީރާނަށް ލިބޭނެއެވެ. މި އެއްބަސްވުމުގެ ބައިވެރިންނަކީ އީރާނާއި އެމެރިކާގެ އިތުރުން ޔޫކޭ، ފްރާންސް، ޗައިނާ، ރަޝިޔާ އަދި ޖަރުމަނެވެ.