ދުނިޔެ

އަރަފާތަށް ޒަހަރު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

Sep 3, 2015

އުމުރުފުޅުން 75 އަހަރުގައި އަރަފާތު އަވަހާރަވީ 2004 ވަނަ އަހަރު ޕެރިހުގަ އެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ޝައްކު ކުރައްވާ ގޮތުގައި ފިރިކަލުން އަވަހާރަކޮށްލީ ޒަހަރު ދީގެންނެވެ. އަނބިކަނބަލުންގެ މި ވާހަކައަށް ބާރު ލިބުނީ ސުވިޒަލޭންޑުން ކުރި ތަހުލީލު ތަކަކުންނެވެ.

ޕެރިހުގެ ޖަޖުން ބުނެފައިވަނީ އޭރު ޝައްކު ކުރެވުނު ވިހަ މާއްދާ އަރަފާތުގެ ހަށިކޮޅުން ފެނިފައި ނުވާ ކަމަށާއި އެހެންކަމުން ދެން އިތުރަށް ތަހުގީގު ކުރިއަށް ނުގެންދާނެ ކަމަށެވެ.

ސްޓްރޯކެއް ޖެހިވަޑައިގެން ޔާސިރު އަރަފާތު އަވަހާރަވީ ނޮވެމްބަރު 8، 2004 ގައެވެ. އެމަނިކުފާނުގެ އަނބިކަނބަލުން އެދިފައި ނުވާތީ މަރުގެ ހަގީގަތް ބެލުމަށް ޕޯސްޓް މޯޓަމް އެއް ހަދާފައެއް ނުވެއެވެ. ނަމަވެސް ފްރާންސް، ސްވިސް އަދި ރަޝިޔާގެ އަށް މަރުގެ ހަގީގަށް ތަހުގީގު ކުރުމަށް އަރަފާތުގެ ހަށިކޮޅުން ސާމްޕަލް ދީފައި ވެއެވެ.