ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހިދުމަތުގައި މޯލްޑިވިއަން އަށް ބުރަ ދުވަހެއް

May 9, 2020
3

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށި ފަހުން، ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނަ ބަލި މީހުން އުފުލީ މިއަދު އެވެ.

ގައުމީ އެއާލައިންގެ މެނޭޖަރު ސީޕްލޭން އޮޕަރޭޝަން، ކެޕްޓަން މުހައްމަދު ގުދުރަތުﷲ ވިދާޅުވި ގޮތުގައި އެ ކުންފުނިން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި މި އަދަކީ ހާއްސަ ދުވަހެކެވެ.

"ކޮންމެ ދުވަހަކީ މިހާރު ބިޒީ ދުވަހެއް. އެކަމަކު މިއަދަކީ ހާއްސަ ދުވަހެއް. ތަފާތު ދުވަހެއް. މިއަދު އެކަނި 70 މީހުން ކަރަންޓީން ފެސިލިޓީ ތަކަށް އުފުލައި ދޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އިއްޔެއަކީ އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި އެއް ދުވަހެވެ. އިއްޔެ އެކި 90 މީހުން ޕޮޒިޓިވެފައިވެ އެވެ. އެހެންވެ މޯލްޑިވިއަން އިން ދަނީ ޕޮޒިޓިވްވާ ބަލި މީހުން ކަރަންޓީން ފެސިލީޓީތަކަށް އުފުލައި ދިނުމުގެ ހިދުމަތް ދެމުންނެވެ.

"ޕޮޒިޓިވްވާ މީހުންގެ އާއިލާތަކުން ގެންދާ ތަކެތި ވެސް ގެންގޮސް ދެން. ކޮންމެ ދުވަހެއްގައި ހެން މިހާރު މެންދުރު ފަހު މި އޮންނީ ޕޮޒިޓިވް ކޭސްތަކުގެ ބަލި މީހުން އުފުލުން،" އޭނާ ވިދާޅުވި އެވެ.