ހަބަރު

އަބްދުﷲ ގާޒީގެ މައްސަލައެއް ބަލަން ފަށައިފި

Feb 16, 2020
3

ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީއިން އަބްދުﷲ ގާޒީގެ މައްސަލައެއް ބަލަން ފަށާފައިވީ ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އެކަމަކު، ފެމެލީ ކޯޓުގެ އެހެން ގާޒީންނާއި މުވައްޒަފުންގެ ގިނަ ޝަކުވާތަކެއް އަބްދުﷲ ގާޒީއާ މެދު އޮވެ އެވެ. އެކަމުގެ ޝަކުވާތައް ވެސް ކޮށްފައިވެ އެވެ.

އަބްދުﷲ ގާޒީއަކީ ކުރިމިނަލް ކޯޓުގެ އިސް ގާޒީކަން މީގެކުރިން ކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓެން މެދުވެރިވި ސަބަބަކީ ވެސް އަބްދުﷲ ގާޒީ އެކެހެރިކޮށް ގިރިފުށީގައި ބެހެއްޓި މައްސަލަ އެވެ.