ވިޔަފާރި

މެކްސްކޮމް އިން ބިޒްނަސް އެކްސްޕޯގައި ފަހުގެ ޓެކްނޮލޮޖީ ދައްކާލައިފި

Feb 25, 2020

މެކްސްކޮމް ޓެކްނޮލޮޖީސް އިން ބިޒްނަސް އެކްސްޕޯގައި ބައިވެރިވެ، ފަހުގެ ޓެކްނޮލޮޖީސް ދައްކާލައިފި އެވެ.

ދަރުބާރުގޭގައި އާދީއްތަ އާއި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ދައްކާފައިވާ ފަހުގެ ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ ތެރޭގައި ޑެލްގެ އެންމެ ފަހުގެ ސާވާ އާއި ލެޕްޓޮޕް އަދި ޑެސްކް ޓޮޕްގެ އިތުރުން ވެސް އެހެން ބައެއް އުފެއްދުންތައް ހިމެނެ އެވެ.

މެކްސްކޮމް ޓެކްނޮލޮޖީސް އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ފެއާގައި އެ ކުންފުނީގެ ޕްރޮޑަކްޓް ތަކަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. ގިނަ ބަޔަކު ސްޓޯލަށް ގޮސް ޕްރޮޑަކްޓްތަކުގެ މައުލޫމާތު ސާފު ކޮށްފައިވޭ. ރަނގަޅު ތަރުހީބެއް ލިބުނު،" އޮފިޝަލް ވިދާޅުވި އެވެ.

މެކްސްކޮމް ޓެކްނޮލޮޖީއަކީ ޑެލްގެ ސާވާ އާއި ލެޕްޓޮޕް އަދި ޑެކްސް ޓޮޕް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުންޏެކެވެ. މީގެ އިތުރުން އެ ކުންފުނިން ދަނީ ވާވޭގެ ފޯނު ވެސް ރާއްޖޭގައި ވިއްކަމުންނެވެ.