ވިޔަފާރި

އާރުސީސީގެ ފައުންޑަރަށް އެވޯޑެއް

Feb 26, 2020
1

ގޯލްޑް 100 ގާލާ، ނައިޓްގައި ދޭ ކޯޕަރޭޓް މޯލްޑިވްސް "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ޗެއާމަން އަބްދުއްރަޝީދު އަށް ދީފި އެވެ. -- އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރީން އަވަހާރަވެފަ އެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ވިޔަފާރިތައް ހޮވަން ބާއްވާ "ގޯލްޑް 100 ގާލާ" ނައިޓް ރޭ ވަނީ ދަރުބާރުގޭގައި ބާއްވާފަ އެވެ. އެ ހަފުލާގައި ދޭ އެންމެ ހާއްސަ އެވޯޑަކީ ވިޔަފާރީގެ ދާއިރާ އަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ދޭ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑެވެ. މި އަހަރުގެ އެވޯޑު އަބްދުރަޝީދުގެ އިތުރުން ދެން ލިބިވަޑައިގަތީ ވޮޔޭޖަސް މޯލްޑިވްސްގެ ވެރިޔާ ސަލާހު ޝިހާބަށެވެ.

އަބްދުރަޝީދުއަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕާފުޅެވެ.

މި އެވޯޑާ ހަވާލުވެވަޑައިގަތީ ނާޒިމް އެވެ.

އާރްސީސީގެ ފައުންޑަރު ކަމަށްވާ އަބްދުރަޝީދު އަވަހާރަވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އަބްދުއްރަޝީދު އަވަހާރަވީ ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.