ވިޔަފާރި

މިދިޔަ މަހު 8،000 އަށްވުރެ ގިނަ މީހުންނަށް ވޯކް ވިސާ

Feb 26, 2020
3

މިދިޔަ މަހު ރާއްޖޭގައި މަސައްކަތް ކުރަން 8،000 ގިނަ މީހުންނަށް ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 8،560 މީހަކަށް ވޯކް ވިސާ ދޫކޮށްފައިވާއިރު، މާލެ އިން ވިސާ ދޫކޮށްފައިވަނީ 8،433 މީހުންނަށެވެ. އަދި ރީޖަނަލް އޮފީސް ތަކުން 127 މީހަކަށް ވޯކް ވިސާ ދޫކޮށްފަ އެވެ. މީގެ އިތުރުން ބިޒްނަސް ވިސާ 912 މީހަކަށް ދީފައިވެ އެވެ.

ޑިޕެންޑެންޓް ވިސާ 205 މީހަކަށް ދޫކޮށްފައިވާއިރު، ހާއްސަ ވިސާ 43 މީހަކަށް ދީފައިވެ އެވެ. އަދި ސްޓޫޑެންޓް ވިސާ 54 މީހަކަށް ދޫކޮށްފައިވެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެ އަށް 211،932 މީހުން އެތެރެވެފައިވާއިރު މީގެ ތެރެއިން 173،347 މީހުންނަކީ ޓޫރިސްޓުންނެވެ. އަދި މިދިޔަ މަހު ރާއްޖެ އަށް އެތެރެވި 122 މީހަކު އަނބުރާ ފޮނުވާލާފައިވެ އެވެ.