ހަބަރު

އުރީދޫ އިން އޮޕޯ ފޯނު ތައާރަފުކޮށްފި

އޮޕޯ ކުންފުންޏާ ގުޅިގެން ރާއްޖޭގައި އޮޕޯ ސަމާޓްފޯނުތައް ވިއްކަން އުރީދޫ އިން ފަށައިފި އެވެ.

ރާއްޖޭގައި ތައާރަފުކުރި ފޯނުތަކުގެ ތެރޭގައި، އޮޕޯ ރެނޯ2 އެފް އާއި އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ހިމެނެ އެވެ. ރާއްޖޭގެ މާކެޓުގައި، އޮޕޯ ފޯނުތައް އުރީދޫއިން ވިއްކަން ފަށާފައިވަނީ ހާއްސަ ޕްލޭންތަކާ އެކު އެވެ.

މި އޮފާގެ ތެރެއިން ކޮންމެ ރެނޯ2 އެފްް ފޯނަކާއި އެކު ސޯޝަލް މީޑިއާއަށް ހާއްސަ ދެ ޖީބީ ހިލޭ ޑޭޓާގެ އިތުރުން ޖޭބީއެލް ޓިއުން 115 ބީޓީ ގެ ވަޔަލެސް ހެޑްސެޓެއްވެސް ހިލޭ ދެ އެވެ. އަދި އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ފޯނަކާއެކު ސޯޝަލް މީޑިއާއަށް ޖާއްސަ އެއް ޖީބީ ހިލޭ ޑޭޓާ ދެ އެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އޮފާގެ ތެރެއިން ފޯނުތައް ގަނެވޭނެ އެވެ.

  • އޮޕޯ އޭ1ކޭ (32 ޖީބީ ސްޓޯރޭޖް) 2,499 ރުފިޔާ އަށް
  • އޮޕޯ އޭ5 2020 (128 ޖީބީ ސްޓޯރޭޖް) 4,999 ރުފިޔާ އަށް
  • އާއެކު ރެނޯ2 އެފް (128 ޖީބީ ސްޓޯރޭޖް) 8,249ރުފިޔާ އަށް

މަހުންމަހަށް ފައިސާދައްކާ ޕްލޭން

މަހުން މަހަށް ފައިސާ ދައްކާ ޕްލޭންގައި މަހަކު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 333 ރުފިޔާ ދެއްކެ އެވެ. އަދި އިންސްޓޯލްމަންޓް ޕެކޭޖް ހަ މަހަށް ކުރިއަށްގެންދެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. ފުލް ޕޭމަންޓް ޕްލޭނެކޭ އެއްގޮތަށް، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ކަސްޓަމަރުންނަށްވެސް ހިލޭ ޑޭޓާ އަދި ރެނޯ ސީރީސްގެ ފޯނާއި އެކު ލިބޭ ޖޭބީއެލް ޓިއުން 115 ބީޓީ ގެ ވަޔަލެސް ހެޑްސެޓެއްވެސް ދެ އެވެ.

އޮޕޯގެ މި ފޯނުތަށް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ހިލޭ ގެންގޮސްދޭ ކަމަށް އުރީދޫން މައުލޫމާތު ދިނެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ޓެކްނޮލޮޖީ ދާއިރާގައި އޮޕޯ ކުންފުނިން ވަނީ ފޯނުގެ ފޮޓޯގްރަފީ ފީޗާސް ތަކާއެކު ދުނިޔޭގެ އާއްމުންގެ މަގުބޫލުކަން ހޯދާފަ އެވެ.