ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންފި

Feb 27, 2020
11

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

މަޖިލިހުގެ އިދާރާއިން ބުނެފައިވާ ގޮތުގައި ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގަ އެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ ދަތުރުފުޅުގެ އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް މަޖިލީހުގެ ބޮޑު ވަފުދަކާއެކު ރައީސް ނަޝީދު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުފުޅުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލު ވެސް ކުރެއްވި އެވެ.

މަޖިލިސް ރައީސް އިންޑިޔާއަށް ވަޑައިގެންނެވި އިރު އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫ ފިކުރުގެ މީހުން ފަށާފައިވާ ހަމަނުޖެހުންތައް އިތުރުވެފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއިން ވަނީ ރާއްޖެއާއެކު އޮތް ގުޅުން ވަރުގަދަ ކޮށްފަ އެވެ. އިންޑިއާގެ އިސް ބޭފުޅުން ވެސް ރާއްޖެއަށް ގިނައިން ވަޑައިގަންނަވަ އެވެ. ރައީސް ސޯލިހު ވެސް ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވީ އިންޑިއާއަށެވެ.