ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގައި ކޮވިޑް19 އަށް މީހަކު ޓެސްޓްކޮށްފި، ނަތީޖާ ނެގަޓިވް

Feb 29, 2020
2

ދުނިޔޭގައި ފެތެރެމުންދާ ކޮވިޑް19 ވައިރަހަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހަކު ޓެސްޓްކޮށްފި އެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ، ކޮވިޑް19 އަށް ނެގަޓިވް އެވެ.

ހެލްތް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނިއުމޯނިއާ އާއި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޮވިޑް19 އަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ.

ކޮވިޑް19 އަށް ރާއްޖޭގައި ޓެސްޓް ކުރެވޭ ގޮތް ހެދުނީ މިފަހުންނެވެ.

މިނިސްޓްރީއިން ބުނީ އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާދެމުންދާ މީހަކު ކޮވިޑް19 އަށް ޓެސްޓް ކުރެވިފައިވާ ކަމަށާއި އެމީހާގެ ނަތީޖާ ކޮވިޑް19 ވައިރަހަށް ނެގަޓިވް ކަމަށެވެ.

ކޮވިޑް19ގެ ހާލަތު ދަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ކަމަށާއި ރާއްޖެއަށް ބަލި އަތުވެދާނެތީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި، ބަލި ރާއްޖެއިން ފެނިއްޖެނަމަ ސިއްރު ނުކޮށް ހާމަ ކުރާނެ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.