އާދަމް ޝަރީފު އުމަރު

"ސެކިއުލަރިޒަމާ ދެކޮޅު ހެދުމަކީ ހޭޓް ސްޕީޗެއް ނޫން"

Mar 1, 2020

ސެކިއުލަރިޒަމާ ދެކޮޅު ހެދުމަކީ ހޭޓް ސްޕީޗު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝަރީފު ވިދާޅުވީ ސެކިއުލާ ވިސްނުމާއި އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ހައްދު ފަހަނައަޅާފައިވާ ކަންކަމަށް ދެކޮޅު ހެދުމަކީ ހޭޓްސްޕީޗް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހޭޓް ސްޕީޗް އުފައްދަނީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށާއި އިސްލާމް ދީނުގައި ހޭޓް ސްޕީޗް ހުއްދަ ނޫން ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ޝަރީފްގެ ފަރާތްޕުޅުނ މި ވާހަކަ އައީ ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާއި މެދު ސީރިއަސްކޮށް ފިޔަވަޅު އަޅަން އެމްޑީޕީން އިއްޔެ ގޮވާލާފައި ވަނިކޮށެވެ.

ބަޔާނެއް މެދުވެރިކޮށް އެމްޑީޕީން އެހެން ބުނީ ބޭރުން މީހުން ގެނެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމް ދީނާއި ހިލާފު ވޯކްޝޮޕަތަކެއް ބާއްވަމުން ދާތީ އެކަމާ ދެކޮޅަށް މީހުން ފާޑު ކިޔަން ފެށުމުންނެވެ.