ހަބަރު

ތިމާވެށި ރައްކާތެރި ކުރަން 1.8 ބިލިއަން ރުފިޔާ މިއަހަރު ބަޖެޓް ކޮށްފައިވޭ

ޕީއެސްއައިޕީ ބަޖެޓުގައި ތިމާވެށި ރައްކާތެރި ކުރުމަށް މި އަހަރު 1.8 ބިލިއަން ރުފިޔާ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވަން 247 މިލިއަން ރުފިޔާ ސަރުކާރުން ހުށަހަޅާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހުސެން މިހެން ވިދާޅުވީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ އެހީ ހޯދަން ރާއްޖެއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައަޅައި ތައްޔާރު ކުރި ގައުމީ ސްޓްރެޓެޖިކްް ފްރޭމްވޯކް އިފްތިތާހު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މަދު ގުދުރަތީ ވަސީލަތްތަކެއްގެ މައްޗަށް ބިނާވެފައިވާ އިގްތިސޯދަކުން ތިމާވެށި ހިމާޔަތް ކުރަން ވަރަށް ބޮޑު ހޭދައެއް ކުރާ ކަމަށާއި އެކަމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭއިރު މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ތިމާވެށި ހިމާޔަތް ކުރަން 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. .