ހަބަރު

ކާރަކާއި ބައިސްކަލެއް އެކްސިޑެންޓްވެ، ފާރެއް ވެއްޓިއްޖެ

Mar 3, 2020

ކާރަކާއި ބައިސިކަލެއް ޖެހި ހިނގި އެކްސިޑެއްގައި ފާރެއް ވެއްޓިއްޖެ އެވެ. މީހަކަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑު އަތޮޅު ފޭދޫގަ އެވެ. އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ބައިސިކަލެއްގައި ޖެހިގެނެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ފާރު ވެއްޓެން މެދުވެރިވީ ބައިިސިކަލްގައި ކާރު ޖެހުނު ވަގުތު ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް ފާރުގައި ޖެހިގެންނެވެ. ކާރު ދުއްވަން އިނީ ފިރިހެނެކެވެ. ބައިސިކަލް ދުއްވަން އިނީ އަންހެނެކެވެ.

މި ދެ ދިވެހިންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވީ ނަމަވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ މިހާރު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.