ހަބަރު

މޫސުމީ ބަދަލުތަކަށް ފަންޑު ހޯދަން ވޯކްޝޮޕެއް

މޫސުމީ ބަދަލުތަކަށް ފަންޑު ހޯދަން ހާއްސަ ވޯކްޝޮޕެއް މިއަދު މާލޭގައި ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ވޯކްޝޮޕް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އެ މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ މިހާރު ތައްޔާރުކޮށްފައިވާ "އިންޑިއަން އޯޝަންސް ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ" ގެ ދެލިކޮޕީ ފާސްކޮށް ތަންފީޒުކުރާނެ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ.

މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ގައުމަތަކުގެ ތެރެއިން ފަސް ގައުމަކުން ބައިވެރިވެ އެވެ. އެއީ ރާއްޖެ އާއި މޮރިޝަސް އާއި ސީޝެލްސް އާއި ސްރީލަންކާ އަދި ކޮމޯރަސް އެވެ.