ހަބަރު

މެންގޯ ވިމެން ފިހާރަ މާލޭގައި ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު އަންނައުނުގެ ބްރޭންޑެއް ކަމަށްވާ "މެންގޯ" ގެ އަންހެނުންނަށް ހާއްސަ ފިހާރައެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

ސޮނީ ސްޕޯޓްސް ހިންގާ މެންގޯ ފިހާރަ މިރޭ ހުޅުވާފައިވާއިރު، މި ފިހާރަ އިން މި ހަފްތާގައި ގަންނަ ކޮންމެ ހެދުމަކަށް 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. މި ފިހާރާގައި ހުންނަނީ އަންހެނުންނަށް ބޭނުން ވާނެ އަންނައުނާއި ބޫޓު ފަދަ ތަކެއްޗެވެ.

މަޖީދީމަގުގެ ކުރިން ސޮނީ ހާޑްވެއާ ޕްރޮފެޝަނަލް ތަނުގައި ހުޅުވި ފިހާރާގައި އަންނައުނުގެ ފުލް ރޭންޖް ލިބެން ހުރި އިރު މި އަންނައުނުގެ ކޮލެޓީ އާ ބަލައި އަގުތައް އެކަށީގެންވާ ވާނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުނެ އެވެ.

މި ފިހާރަ އިން ފޯމަލް ޑްރެސް އާއި ފުލް ރޭންޖް ގެ ޑްރެސް ލިބެންހުރި އިރު މިރޭ މިތަން ހުޅުވި ވަގުތު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މެންގޯއަކީ 1984 ވަނަ އަހަރު އުފެދުނު ސްޕެއިންގެ އަންނައުނު ބްރޭންޑެކެވެ. މި ބްރޭންޑުގެ ފިހާރަތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެ. މި ބްރޭންޑް ހާއްސަ ވަނީ މިޑުލް ރޭންޖުގެ އުފެއްދުންތައް ވިއްކާ ބްރޭންޑެއްގެ ގޮތުގަ އެވެ.

ސޮނީ ސްޕޯޓްސް އިން މެންގޯގެ ފިހާރައެއް މިރޭ ހުޅުވާފައިވާއިރު، އެ ކުންފުނިން ދާދިފަހުން ވަނީ ލިވައިޒް ބްރޭންޑުގެ ފިހާރައެއް ވެސް ހުޅުވާފަ އެވެ. އަދި ސޮނީއަކީ ކުޅިވަރުގެ ބްރޭންޑުތައް ވިއްކާ ފިހާރަ އެކެވެ.