ވިޔަފާރި

ބީއެމްއެލްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި

Mar 8, 2020

ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް) ގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ލޯރާ ޖޭމިސަން ހަމަޖައްސައިފި އެވެ

ބީއެމްއެލްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންގެ މަގާމަށް އައްޔަން ކުރެއްވި ލޯރާ އަކީ ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ކަނބަލެކެވެ. މީގެ އިތުރުންއޭނާއަކީ ކަސްޓަމާ އެކްސްޕީރިއަންސް އާއި އޮޕަރޭޝަންސް އަދި ބިޒްނަސް ޓްރާންސް ފޮމޭޝަންގެ ދާއިރާގެ ވެސް ތަޖުރިބާކާރެކެވެ.

އޭނާއަކީ ބޭރުގެ ގިނަ ބޭންކްތަކެއްގައި ތަޖުރިބާ ހޯދާފައިވާ ބޭފުޅެކެވެ. ލޯރާ ވަނީ ބަކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ (ޔޫކޭ) ހެޑް އޮފް ކަސްޓަމާ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމާއި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ އައި ވޯބޭންކް ލިމިޓެޑްގެ ޑައިރެކްޓާ އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑާ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެ އެެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް އޮޕަރޭޝަން މަގާމަށް ލޯރާ އައްޔަން ކުރެއްވުމުގެ ކުރީގައި އޭނާ ހުންނެވީ ބީއެމްއެލްގެ އެންގްލިއަން ވޯޓާގެ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެ މަގާމުގައި ހުންނަވާ އޭނާ ވަނީ އޮޕަރޭޝަނަލް އަދި އައިޓީ ޓްރާންސްފޮމޭޝަންގެ ބޮޑު ޕްރޮގްރާމެއް ހިންގާފަ އެވެ.