ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވައިރަސް ވަންނަ ދޮރު ބަންދު ކުރުން ލަސްވި: އަލްހާން

Mar 8, 2020
2

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއަށް ވަންނަން އަންނަ ދޮރު ފެންނަން އޮއްވާ ސަރުކާރުން ޗައިނާ އާއި އިޓަލީގެ ފްލައިޓްތައް ރާއްޖެ އައުން މަނާ ކުރިލެއް ލަސް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅޭގޮތުން އޭނާގެ ވިސްނުން ހުރި ގޮތް ރައްޔިތުންނަށް ހާ މަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އަލްހާން ވިދާޅުވީ ކޮވިޑް-19 އެންމެ ފުރަތަމަ ހަލުވި ކަމާއެކު ފެތުރުނީ ރާއްޖެއަށް އެންމެ ގިނައިން ޓުއަރިސްޓުން އަންނަ އެއް ގައުމުން ކަމަށާއި އެހެން ކަމުން ރާއްޖެއަށް އެ ވައިރަސް އަންނާނެކަން އެންމެނަށްވެސް އެނގޭ ކަމަށެވެ. އަދި މި ވައިރަސް ރާއްޖެއަށް ވަންނަން އޮތް ދޮރާއި ދަތުރުކުރާ މަގު ފެންނަން އޮތް އިރު ސަރުކާރުން ފިޔަވަޅު އެޅުން ލަސްވީ ކަމަށެވެ.

އޭނާ ވިދާޅުވީ ދެވަނަ އަށް މިވައިރަސް އެންމެ ގިނައިން ފެތުރޭ އެއް ގައުމަކީ އިޓަލީ ވިލާތް ކަމަށާއި އިޓަލީން ރާއްޖެ އައި ފަތުރުވެރިޔާގެ ގައިން ކޮވިޑް-19 ފެނި، އޭނާގެ ފަރާތުން އެހެން މީހުންނަށް މި ބަލި ޖެހުނީ ސަރުކާރުގެ އިހުމާލަކުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އިނގޭ ދުނިޔޭގެ ވައިރަހެއް އުޅޭކަން. ދުނިޔޭގައި މުސީބާތެއް އުޅޭކަން. އަދި އެއީ ރާއްޖެއަށް ވެސް އަންނާނެ އެއްޗެއް ކަމަށް ބުނެ އަޅުގަނޑުމެން ތިބުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. ފުރަތަމަ މި ވައިރަސް މި ފެނުނީ ޗައިނާއިން. ދެވަނަ އަށް މި ވައިރަސް މި ފެނުނީ އިޓަލީން. އިޓަލީ އަކީ ވެސް ރާއްޖެއަށް ފަތުރުވެރިން ގިނަ އަދަދަކަށް އަންނަ ގައުމެއް. މިހާރު މިއޮތީ އިޓަލީ އިން އައި ޓުއަރިސްޓެއްގެ ގައިން މި ބަލި ފެނި، އެމީހާ މިތަނަށް އައިސް ސްކްރީން ނުކުރެވި ވަދެ، އެމީހާ ފުރައި، އެމީހާގެ ފަރާތުން މި ވައިރަސް އެހެން މީހުންނަށް ޖެހިފަ. އަޅުގަނޑުމެންނަށް މިކަން މި އެނގުނީ އެމީހާ ގައުމަށް ގޮސް އެގައުމުގެ ކަމާގުޅޭ އިދާރާތަކުން ބުނީމަ. އެހެން ވީމަ އަޅުގަނޑަކަށް އެއްވެސް ޔަގީން ކަމެއް ނެތް ސަރުކާރުން މި ހިންގާ ސްކްރީން ރަނގަޅަށް ކުރެވޭކަން." އޭނާ ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ރާއްޖެއިން މި ބަލި ފެންނަން މެދުވެރިވީ ރާއްޖެ އަންނަ ފަތުރުވެރިޔާ އެދާ މަންޒިލަކަށް އެދަނީ ސްކްރީން ކުރެވިގެންތޯ ނުކުރެވިތޯ ކަށަވަރު ނުވާތީ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއިން އުފެދިފައިޗނުވާ ވައިރަހެއް ރާއްޖެއަށް ވަނަ ނުދިނުމަށްޓަކާ އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެ ފުރުސަތު ސަރުކާރަށް އެބައޮތް ކަމަށެވެ.