ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރައްކާތެރިކަމަށް ބީއެމްއެލްއިން ފިޔަވަޅުތަކެއް

ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންނާއި ބޭންކުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ ސޯޔާ ވިދާޅުވީ އެ ބޭންކުގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅު ތަކެއް އެޅުމުގެ ގޮތުން މާބަނޑު މުވައްޒަފުންގެ ރައްކާތެރިކަން އިތުރު ކުރުމާ، ބައްޔަކަށް މިހާރު ވެސް ފަރުވާ ކުރަމުން ދާ މުވައްޒަފުންގެ ވަޒީފާގެ ރޯލް ބަދަލު ކުރަން ޖެހޭ ހާލަތްތަކުގައި ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ބޭންކުން ވަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އާއްމުން ހިދުމަތް ހޯދާ ތަންތަނުގައި ސެނެޓައިޒާ ފުޅި ބަހައްޓާފަ އެވެ. މީގެތެރޭގައި އޭޓީއެމްތައްވެސް ހިމެނެ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ހަތަރު މީހުންނެވެ. މި ބަލި ފެނިފައިވަނީ ރާއްޖޭގައި ތިބި ހަތަރު ބިދޭސީއެއްގެ ގައިންނެވެ.