ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓްރެވެލް ރިލޭޓެޑް ކްލިނިކެއް މާދަމާ ހުޅުވަނީ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާ ހެނދުނު ޓްރެވެލް ރިލޭޓެޑް ކްލިނިކެއް ހުޅުވާނެ ކަމަށް ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓްރެވެލް ރިލޭޓެޑް ކްލިނިކެއް މާދަމާ ހެނދުނު މާލޭގައި ހުންނަ މާލެހިޔާ ފްލެޓް-2 ފުރަގަހުގައި އޮންނަ ހުސްބިމުގައި ހުޅުވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި ކްލިނިކް ހުޅުވުމުގެ މަގުސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި ރާއްޖޭގައި ތިބި އެ ބައްޔަށް ޝައްކު ކުރެވޭ ފަރާތްތަށް އަމިއްލައަށް ބޭނުންވެގެން ޓެސްޓު ކުރެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި މިއީ ހުރިހާ އެންމެނަށް އެތަނަށް ވަދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެއާޕޯޓުތަކުންނާއި ޕޯޓުތަކުން ފުރާ އެންމެނަށާއި ރާއްޖެ އެތެރެވާ އެންމެނަށް އިމިގްރޭޝަންގެ ފަރާތުން ހެލްތު ޑިކްލެރޭޝަން ކާޑެއް ފުރުމަށް ދޭނެ ކަމަށާއި އަދި އެންމެ ބޮޑު ކަމަކަށް އައިޑެންޓިފައި ކުރާނީ 14 ދުވަހުގެ ޓްރެވެލް ހިސްޓްރީ ކަމަށާއި އެއީ ދަތުރުކޮށްފައިވަނީ ހައިރިސްކް ލެވެލް ޒޯނަކަށްތޯ ބެލުމަށްޓަކައި ކަމަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ހަ މީހަކު ޕޮސިޓިވް ވެފައިވާއިރު މި ބަލި ޖެހިފައިވަނީ ރާއްޖޭގައި ތިބި ބިދޭސީންތަކަކަށެވެ. އަދި ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ސެންޓަރުގައި މިހާރު ނުވަ މީހަކު ތިބި އިރު ފަރުކޮޅުފުށީގައި ކަރަންޓީނު ކޮށްފައިވަނީ ދެ މީހުންނެވެ. މީގެ އިތުރުން ށ. ފޯކައިދޫގެ އަށް މީހަކު ވަނީ ހޯމް އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފަ އެވެ. އަދި ޅ. ހިންނަވަރުން އެކަކު ވަނީ ހޯމް އައިސޮލޭޓް ކޮށްފަ އެވެ.