ހަބަރު

ވަކީލު ކަމަށް ބޭނުންވާ ތަމްރީނު އޭޖީ އޮފީހުގައި ހަމަޖެހިއްޖެ

Mar 10, 2020
2

ގާނޫނީ ރޮނގުން ދަސްވެނިވެ، ވަކީލުކަމުގެ ހުއްދަ ހޯދަން ބޭނުންވާ ތަމްރީނު ފުރިހަމަ ކުރުމުގެ އިންތިޒާމް މިއަދުން ފެށިގެން ބަންޑާރަ ނައިބު އޮފީހުގައި ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ބާ ކައުންސިލް އުފެއްދި ގާނޫނުގައިވާ ގޮތުން ވަކީލު ކަމުގެ ލައިސެންސް ދޭން ޖެހޭނީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕަކަށްފަހު އެވެ. އެ އިންޓާޝިޕް ދެވޭނީ ބަންޑާރަ ނައިބު އޮފީހަށާއި ހުއްދަ ދޭ ލޯ ފާމްތަކަށެވެ.

އެ ތަމްރީނުގެ ފުރުސަތު ހުޅުވިފައި ނެތުމުން ބައެއް މީހުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވީ ވަކީލް ކަމުގެ ހުއްދަ ހޯދަން ބޭނުންވާ ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހުރިހާ އެހީތެރިކަމަކާއި ވަސީލަތްތަކެއް ދޭނެ ކަމަށެވެ.