ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މިހާރު ދުވާލަކު 1،376 ބުކިން ކެންސަލް ކުރޭ

Mar 11, 2020
3

ކޮވިޑް-19 އާއެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1،376 ބުކިން ކެންސަލްވަމުންދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޑްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

ކޮރޯނާ ވައިރަސްގެ ސަަބަބުން އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކާބެހޭ ގޮތުން މަޓާޓޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްކޮށްފައިވާ ކަމަށެވެ. އެގޮތުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 1،376 ޓޫރިސްޓުންގެ ބުކިން ކެންސަލް ކުރާ ކަމަށާއި މިއީ މަހެއްގެ މައްޗަށް ބަލާނަމަ 41،289 ބުކިން ކަމަށެވެ.

މަޓާޓޯ އިން ބުނީ މިހާރު ބުކިން ކެންސަލްވަމުންދާ ގޮތުން ފޯކާސްޓް ކުރެވޭ ގޮތުގައި މި އަހަރު ތެރޭ ރާއްޖޭގެ ޓޫރިޒަމް 29.5 ޕަސެންޓަށް ދަށަށް ދާނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖެ އައުމަށް ބުކިން ހައްދާފައިވާ 125،000 މީހުން އެ މީހުންގެ ބުކިންސްތައް ކޮވިޑް-19 އާ ގުޅިގެން ވަނީ ކެންސަލް ކޮށްފަ އެވެ.

ޓޫރިޒަމްގެ ފޯކާސްޓް ދައްކާ ގޮތުގައި ޓޫރިޒަމްގެ ވެއްޓުން ހަތް މަސް ދުވަހަށް ދެމިގެންދާނެ އެވެ. އަދި ޓޫރިޒަމަށް ލިބޭ ގެއްލުން 600 މިލިއަން ޑޮލަރަށް އަރާނެ އެވެ.