ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ މުއައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރަން ޖެހޭ

Mar 11, 2020

ފަތުރުވެރިކަމުގެ ދާއިރާގެ މުއައްޒަފުން މަސައްކަތް ކުރާނެ ރައްކާތެރި މާހައުލެއް ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވަނީ މިއަަދު ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން ފަރާތްތަކަށް ފޮނުވާފައިވާ ސަކިލާއެއް ވިދާޅުވެފަ އެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނު ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ކުންފުނިތަކުން ކަމޭހިތުމަށް ހަނދާންކޮށްދޭ ކަމަށާއި އޭގެ ސަބަބުން މި އުނދަގޫ ހާލަތުގައި މުއައްޒަފުުންނާއި ކުންފުނިތަކަށް ވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އުންމީދަކީ މުއައްޒަފުން މަސައްކަތް ކުރާނެ ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ހުރިހާ މެނޭޖްމަންޓަކުން ވެސް މަސައްކަތް ކުރާނެ ކަމަށާއި އަދި މުއައްޒަފުންގެ ހައްގުތައް ހޯދައިދިނުމުގައި އެއްވެސް އިހުމާލެއް ނުވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"މިއީ މިކަމުގައި [ފަތުރުވެރިކަމުގެ ދާއިރާގެ މުއައްޒަފުންގެ މައްސަލާގައި] ސަރުކާރުގެ ސްޓޭންޑް،" މަބްރޫކް ވިދާޅުވި އެވެ.

އެ މުއައްޒަފުންގެ މައިގަނޑު ކަންބޮޑުވުމަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން މުއައްޒަފުން މާސްކު އެޅުމަށާއި އަންގި ބޭނުން ކުރުމަށް މަނާ ކުރުމެވެ. އަދި އޭގެ ސަބަބުން އެ މީހުންނަށް ނުރައްކާވެފައިވާ ކަމަށް ބުނެ ރިސޯޓުތަކުގެ މުއައްޒަފުން އަންނަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންނެވެ.