ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުރީދޫ ނަމްބަރުތަކުން ހޭލުންތެރިކުރުވާ މެސެޖެއް

މުއާސަލާތީ ކުންފުނި އުރީދޫން އެ ކުންފުނީގެ ކަސްޓަމަރުންގެ ފޯނުތަކުގެ ރިންގް ޓޯނަކަށް "ކޮވިޑް-19" އާ ގުޅޭ ހޭލުންތެރި ކުރުވުމުގެ މައުލޫމާތު ހިމަނައިފި އެވެ. މިހާރު އުރީދޫ ކަސްޓަމަރުންނަށް ގުޅުމުން އިވެނީ ހޭލުންތެރި ކުރުވުމުގެ މެސެޖެކެވެ.

އުރީދޫ އިން ބުނީ އެއޫ މިހާރު ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބަލާއާފަތުގެ ވައިރަސް ރާއްޖެއިން ވެސް ފެނިފައިވާތީ އެކަމަށް އާންމުން ރައްކާތެރިވާ ހޭލުންތެރި ކުރުވަން ގެނައި ބަދަލެއް ކަމަށެވެ.

އުރީދޫގެ މެސެޖްުގައި އިވެނީ ހެލްތު މިނިސްޓްރީން ދިވެހި ބަހުން އާންމު ކޮށްފައިވާ ހޭލުން ތެރިކުރުމުގެ މެސެޖެކެވެ. މި މެސެޖުގައި ވަނީ ބަލި ޖެހުމުގެ ކުރިން ރައްކާތެރި ވާން އަޅަން ޖެހޭނެ ފިޔަވަޅު ތަކެވެ.

މި ބަލާއާފާތުގައި ކޮރޯނާ ވައިރަހަށް ރާއްޖެއިން އަށް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ އެންމެނަކީ ވެސް ބިދޭސީންނެވެ.