ހަބަރު

ގާޒީ އާރިފްގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ

Mar 12, 2020
3

ޑްރަގު ކޯޓުގެ ގާޒީ އާދަމް އާރިފްގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީއިން ބަލަން ނިންމީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.

އާރިފަކީ އެއް އުރެއްގައި ކްރިމިނަލް ކޯޓުގެ ހިންގުމާ ވެސް ހަވާލުވެ ހުންނެވި ބޭފުޅެކެވެ. އަދި ކުރިން ހައި ޕްރޮފައިލް ވަރަށް ގިނަ މައްސަލަތަކުގައި ޕީޖީގެ ގާނޫނީ ޓީމް ލީޑް ކުރެއްވި ޕްރޮސިކިއުޓަރެކެވެ.

އޭނާ ކުރިމިނަލް ކޯޓުން ޑްރަގު ކޯޓަށް ޖޭއެސްސީއިން ބަދަލުކުރީ ވެސް ކުއްލި ގޮތަށެވެ.

އޭނާގެ މައްސަލައެއް ބެލުމަށް މީގެކުރިން ވެސް ޖޭއެސްސީއިން ނިންމާފައިވެ އެވެ. އެ މައްސަލައިގެ ތަހުގީގު އޮތް ހިސާބެއް ޖޭއެސްސީއިން ހާމަކޮށްފައެއް ނުވެ އެވެ.