ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮބްލޫ ސަނެގެލި ރިސޯޓުގެ ދެ މީހަކު ޓެސްޓްކުރަނީ

Mar 12, 2020

އޮބްލޫ-ސަނެގެލި ރިސޯޓުން ދެ ބިދޭސީއަކު ކޮވިޑް 19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެންނާތީ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކ. އަކިރިފުށީގައި ހިންގާ މި ރިސޯޓް މިހާރު ވަނީ މޮނީޓަރިން ލެވެލްގަ އެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19އަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.