ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮބްލޫ ސަންގެލި ރިސޯޓުގެ ދެމީހުން ނެގެޓިވް

Mar 13, 2020
1

އޮބްލޫ-ސަންގެލި ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި ދެ ބިދޭސީންވެސް އެ ބައްޔަށް ނެގެޓިވްކަމަށް ސަރުކާރުން ބުނެފި އެވެ.

އެވައިރަހުގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރި ދެ މީހުންވެސް ނެގެޓިވްވެފައިވާތީ، ކ. އަކިރިފުށީގައި ހިންގާ މި ރިސޯޓް މިހާރު ހުޅުވާލެވިފައިވާކަމަށް ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިރޭ ވިދާޅުވި އެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19އަށް ރާއްޖެއިން ނުވަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ. އަދި މިއަދު އަނަންތާރަ ދިގު ރަށުގައި ހުރި ފަތުރުވެރިއެއްގެ ގައިން އެ ވައިރަސް ފެނިފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.