ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފިލިޕީންސްގައި ތިބި ދިވެހިން ރެޖިސްޓާ ވާން އެދެފި

ފިލިޕީންސްގައި ތިބި ދިވެހިން، ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީގައި ރެޖިސްޓާ ވާން ސަރުކާރުން އެދެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ވައިރަސްގެ މައުލޫމާތުތައް ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ގިނަ އަދަދެއްގެ މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން ފިލިޕީންގެ މެނީލާގައި ތިބި ކަމަށެވެ. އަދި ދަރިވަރުންގެ ހާލަތު ސަރުކާރުން ބަލަމުންދާއިރު ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީގައި ރެޖިސްޓާ ވާން ސަރުކާރުން ވަނީ އެދެފަ އެވެ.

މަބްރޫކް ކުރެއްވި ޓްވީޓް --

ކޮރޯނާ ވައިރަސް އާ ގުޅިގެން ފިލިޕީންސްގެ ވެރިރަށް މެނިލާ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ ގައުމުން މި ވައިރަސް ޖެހިފައިވާ 64 މީހަކު ފެނިފައިވާއިރު ހަ މީހަކު ވަނީ މަރުވެފަ އެވެ.

މިހާތަނަށް ރާއްޖޭންވެސް އެ ވައިރަސްއަށް ޕޮޒިޓިވް ނުވަ މީހަކު ފެނިފައިވާއިރު، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ.