ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެޑިކަލް ރިޕޯޓާއި ނުލައި ވިސާގެ މުއްދަތު އިތުރުކޮށްދެނީ

ބިދޭސީންގެ ވޯކް ވިސާ އަދި އެހެނިހެން ވިސާތައް މެޑިކަލް ރިޕޯޓާއި ނުލައި ދޫކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ މުއްދަތުގެ ތެރޭ ވޯކް ވިސާ އާއި އެހެނިހެން ވިސާގެ މުއްދަތު އިތުރު ކުރަން ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވީޒާ ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، އަލަށް ވޯކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަޅާއިރު، މިހާރު ވެސް އަމަލު ކުރަމުންދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ނުވަ އަކަށް އަރާފަ އެވެ. އަދި މީގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސްވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.