ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެއްޓަނު ފެން ދޫކުރާނީ ކޮންމެ މީޓަރަކަށް ވަކިން: ފެން ކުންފުނި

ބަލާ އަފާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކޮށްފައިވާތީ، މާލެ އާއި ފެން ކުންފުނިން ހިދުމަތްދޭ ރަށް ރަށުގެ ގޭބިސީތަކަށް ދޫކުރަން ނިންމާފައިވާ އެއް ޓަނުގެ ފެން ދޫކުރާނީ ކޮންމެ މީޓަރަކަށް ވަކިން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެއް ޓަނުގެ ފެން ދޭން ނިންމީ މި ދުވަސްވަރަކީ ސާފު ތާހިރުވުމާއި ގިނަ އިން އަތް ދޮވުމަށް ގިނަ އަދަދަކަށް ފެން ބޭނުންކުރާ ދުވަސް ވަރަކަށްވުމުން ކަމަށެވެ.

ޝާހް ވިދާޅުވީ ހިލޭ ފެން ދޭނީ 12 މާޗް އިން ފެށިގެން 30 ދުވަހުގެ ނިޔަލަށް ހަދާ ބިލް ތަކުން ކަމަށެވެ. އަދި އެއް ޓަނު ފެން ދޫކުރާނީ ކޮންމެ އެކްޓިވް މީޓަރަކަށް ވަކިން ކަމަށެވެ. ފެން ބިލް ކުރާއިރު އެއްޓަނަށްވާ ފައިސާ ބިލުން އުނިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބިލް ކުރާއިރު ގޭބިސީއެއްގައި ބޭނުންކޮށް ފާނެ ތިން ޓަނުގެ ފެން. ނުވަތަ އެއަށް ވުރެ ގިނައިން ވެސް. އެހެން ވެއްޖެނަމަ އަޅުގަނޑުމެން ބިލް ކުރާއިރު މި ކުރަނީ އެއް ޓަނުގެ ގެ ފެނަށް ވާވަރު ފައިސާގެ އަދަދުން އުނި ކުރުމަށްފަހު. ބައެއް ގެތަކުގައި އެއްްޓަނު ފެން ބޭނުން ނުކޮށްވެސް ދާނެ. މިހާލަތުގައި އެ ގެއެއްގަ ބިލަށް އެއް ވެސް އެއްޗެއް ޗާޖް ނުކުރާނެ." އޭނާ ވިދާޅުވި އެވެ.

އެއް ޓަނު ފެނަކީ ފަސް ލިޓަރުގެ 200 ފުޅި

އެއް ޓަނު ފެނަކީ ދުވާލެއްގެ މައްޗަށް ބަލާނަމަ 33 ލީޓަރުގެ ފެނެވެ. އަދި މަހެއްގެ މައްޗަށް ބަލާނަމަ އެއީ ފަސް ލީޓަރުގެ 200 ފުޅީގެ ފެނެވެ.

އެއްޓަނު ފެން ވިއްކާ ރޭޓް އަތޮޅުތަކުގެ ތެރެއާއި މާލޭގައި ތަފާތެވެ. އެގޮތުން ތިން ބޭންޑަކުން ގޭބިސީ ތަކަށް ބިލް ކުރަމުންދާނެ އެވެ. ބޭންޑް އޭ އިން ބިލް ކުރަމުން ދާނީ ޓަނަކަށް 22ރ. ރޭޓުން (ދުވާލަކު 100 ލީޓަރު ފެން ބޭނުން ކުރާނަމަ) ބޭންޑް ބީ އިން ބިލް ކުރަމުން ދާނީ ޓަނަކަށް 70ރ. ރޭޓުން އަދި ބޭންޑް ސީ އިން ބި ލްކުރަމުން ދާނީ ޓަނަކަށް 95ރ. ގެ ރޭޓުންނެވެ.