ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްކޫލްތައް ހުޅުވުން އިތުރު ހަފުތާއަކަށް ފަސްކޮށްފި

Mar 16, 2020
3

ރާއްޖޭގެ ސްކޫލްތައް ހުޅުވުން އިތުރު އެއް ހަފުތާއަށް ފަސްކޮށްފި އެވެ. ކުރިން އޮތް ގޮތުންނަމަ، އަންނަ ހަފުތާ ސްކޫލްތައް ހުޅުވޭނެ އެވެ. ނަމަވެސް މިއަދު ސަރުކާރުން ނިންމާފައިވަނީ އަންނަ ހަފުތާ ވެސް ސްކޫލްތައް ނުހުޅުވުމަށެވެ.

ސްކޫލްތައް ހުޅުވުން ދެ ހަފުތާއަށް ފަސްކުރިއިރު ރާއްޖޭގެ އެހެން ތައުލީމްދޭ މަރުކަޒުތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތައް ވެސް ވަނީ ދެ ހަފުތާއަށް ބަންދުކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

ސްކޫލްތައް ނުހުޅުވި ނަމަވެސް، ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ފަށާފަ އެވެ. އެގޮތުން މި ހަފުތާ ވަނީ ގްރޭޑް 10އެއްގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފަށާފަ އެވެ.

އޮންލައިންކޮށް ކިޔައިވައިދެނީ ޔޫޓިއުބް މެދުވެރިކޮށާއި ޕީއެސްއެމްގެ ޔެސް ޗެނަލް ބޭނުން ކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ދަނީ ދަށު ގްރޭޑްތަކަށް ވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ތައްޔާރުވަމުންނެވެ. އެހެންވެ، އިންޓަނެޓާއި ޓީވީ ނުލިބޭ ދަރިވަރުން ހޯދުމުގެ މަސައްކަތް ވެސް އެޑިއުކޭޝަނުން ވަނީ ފަށާފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާއިރު މިހާތަނަށް 13 މީހަކު ވަނީ ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.