ހަބަރު

މާޅޮހު މަސްފެކްޓަރީގައި އަލިފާން ރޯވެއްޖެ

އއ. މާޅޮހުގެ މަސްފެކްޓްރީގައި އަލިފާން ރޯވެ ގެއްލުން ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު މާޅޮހު މަސްފެކްޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކުރި ކަމަށާއި މިހާރު އަލިފާން ކޮންޓްރޯލް ކޮށް ނިއްވާލާފައިވާ ކަމަށެވެ.

މާޅޮހުގެ އެ އަލިފާން ރޯވީ ކިހިނެތް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އެކަމަކު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.