ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލާގެ ފަން އައިލެންޑް ކަރަންޓީނު ރަށަކަށް

Mar 18, 2020
1

ވިލާ ކުންފުނިން ހިންގަމުންދާ ފަން އައިލެންޑް ރިސޯޓް، ކޮވިޑް-19އާ ގުޅިގެން އެކަހެރިކުރަން ޖެހޭ މީހުން ބައިތިއްބާ ރަށެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ވިލާ ކުންފުނިން ވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓް ފިޔަވައި އެހެން ރިސޯޓްތައް ބަންދުކޮށްފަ އެވެ.

ފަން އައިލެންޑް ރިސޯޓަކީ މާލޭ ސަރަހައްދުގެ ފަސް ވަނަ ކަރަންޓީނު ފެސިލިޓީ އެވެ. މީގެކުރިން ފަރުކޮޅުފުއްޓާއި ވިލިވަރާއި ވެލިދޫ އަދި ހުޅުލެ އައިލެންޑް ހޮޓެލް ވަނީ ކަރަންޓީނު ފެސެލިޓީއެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

މިވަގުތު ފަރުކޮޅުފުށީގައި 15 މީހުން ތިބިއިރު ހުޅުލެ އައިލެންޑް ހޮޓެލްގައި 56 މީހަކު އެބަތިއްބެވެ. ވިލިވަރުގައި ތިބީ 25 މީހުންނެވެ. ވެލިދޫ އާއި ފަން އައިލެންޑްގައި އަދި މީހަކު ނެތެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.